ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމެއްގައި، އޭގެ އަމިއްލަ އިހުސާސްތައް ހުންނަ ކަމަށް އެތަނުގައި މަސައްކަތްކުރާ އިންޖީނިއަރަކު ބުނެފި އެވެ.
ގޫގުލް އިން ބުނީ، އަމިއްލަ އިހުސާސްތައް ހުންނަ ކަމަށް އެ އިންޖީނިއަރު ދައުވާ ކުރަނީ އެ ކުންފުނީގެ އިންގިލާބީ ޓެކްނޮލޮޖީއެއް ކަމަށްވާ، ”ދަ ލޭންޖުއޭޖް މޮޑެލް ފޯ ޑައިލޮގް އެޕްލިކޭޝަން“ (ލަމްޑާ) ގަ އެވެ. އެ ޓެކްނޮލޮޖީ އަކީ މީހުންނާ އަމިއްލަ އަށް މުއާމަލާތްކުރެވޭ ގޮތަށް އެ ކުންފުނިން ތަރައްގީކުރަމުން އަންނަ އެއްޗެކެވެ.
އެ އިންޖީނިއަރު ބުނާ ގޮތުގައި، ލަމްޑާ ޓެކްނޮލޮޖީގެ މޮޅުކަމުގެ ސަބަބުން އެއަށް ކަންކަން އިހުސާސްކުރެވެ އެވެ.
އެކަމަކު، ގޫގުލް އިން ވަނީ، ބްލޭކް ލިމޮނީ ކިޔާ އެ އިންޖީނިއަރުގެ ވާހަކަތައް ދޮގުކޮށްފަ އެވެ. ލިމޮނީ ދެއްކި ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެތް ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އޭނާ ބައެއް މީޑިއާތަކާ ވާހަކަދައްކާފައި ވާތީ، މުސާރަ ލިބޭ ގޮތަށް އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ގޫގުލް އިން ބުނީ އޭނާ ސަސްޕެންޑްކުރީ ކުންފުނީގެ ސިއްރު ހިފެއްޓުމުގެ އުސޫލާ އޭނާ ހިލާފުވެފައި ވާތީ ކަމަށެވެ.
ޓެސްޓެއއ