އަންގާރަ, އޮކްޓޯބަރ 7, 2025

އިޓަލީގެ މާފިއާ ލީޑަރު ހައްޔަރުކޮށްފި

އިޓަލީން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މާފިއާ ލީޑަރު މަޓިއޯ މެސީނާ ޑިނާރޯ، އިޓަލީގެ ސިސިލީ އިން ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރު މި ކުރެވުނީ ފިލައިގެން އުޅޭތާ 30 އަހަރު ފަހުންނެވެ.

މަޓިއޯ މެސީނާ ޑިނާރޯ ހައްޔަރު ކުރެވިފައި ވަނީ ސިސިލީގެ ވެރިރަށް، ޕަލެރމޯ ގެ ޕްރައިވެޓް ކްލިނިކަކުން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށްވެއެވެ.

އެނާ ބެލެވިފައިވަނީ ނުރައްކާތެރި ނޯސާ ނޮސްޓްރިއާ މާފިއާ ގުރޫޕްގެ ލީޑަރުކަމަށެވެ. އަދި އިޓަލީގެ ކޯޓަކުން ވަނީ އެތައް ބަޔަކު މެރުމުގެ ކުށުގައި 2002 ވަނަ އަހަރު އޭނާގެ ޣައިރު ހާޒިރުގައި އޭނާ އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

ގާތްގަނޑަކަށް 100 އެއްހާ ސިފައިން ވަނީ އެޭނާ ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވެފައެވެ.

އިޓަލީގެ ޚަބަރު ފަރުތާ ވަސީލަތްތަކުން ޚަބަރުދޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޕްރައިވެޓް ކްލިނިކަކުން ފޭކް ނަމެއް ބޭނުންކޮށްގެން ކީމޯތެރަޕީ ފަރުވާ ހޯދަމުން ދަނިކޮށެވެ.

މަޓިއޯ މެސީނާ ޑިނާރޯގެ މައްޗަށް ސާބިތުވެފައިވާ ބައެއް މަރުގެ ތުހުމަތައް ތިރީގައި މި ވަނީއެވެ.

  • މާފިއާ ގްރޫޕް ތަކާއި ދެކޮޅަށް މަސައްކަތްކުރި 2 ގާޒީން ކަމަށްވާ ޖިއޮވާނީ ފަލްކޯން އަދި ޕައޮލޯ ބޮރސެލިނޯ 1992 ވަނަ އަހަރު މަރާލުން.
  • 1993 ވަނަ އަހަރު މިލާން، ފްލޮރެންސް، އަދި ރޯމް ގައި ބޮންތަކެއް ގޮއްވާލައި އެތައް ބަޔަކު މަރާލުން.
  • 11 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކޮށް މަރާލުން.

 

ގުޅުންހުރި ލިޔުންތައް

މަގުބޫލް