އަފްޣާނިސްތާނުގައި މީހަކު މެރިކަމަށް ކުށް ސާބިތުވި މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ އޭނާ މަރާލި މީހާގެ ބައްޕައެވެ. މިއީ ޠާލިބާނުންނަށް އަލުން ވެރިކަން ލިބުމަށްފަހު އާންމުންގެ ތެރޭގައި މަރުގެ އަދަބު ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.
ޠާލިބާނުންގެ ތަރުޖަމާނު ބުނި ގޮތުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ އެގައުމުގެ ދެކުނު-ހުޅަނގު ގައި އޮންނަ ފަރާ ޕްރޮވިންސްގެ މީހުން އެއްވެފައި އޮތް ކުޅިވަރުކުޅޭ ސްޓޭޑިއަމެއްގައެވެ.
ޠާލިބާނުންގެ ބައެއް ވެރިން ބަޑިޖަހާ ހުކުމް ތަންފީޒުކުރި މަންޒަރު ބަލަން ދިޔަ ކަމަށްވެއެވެ.
މިގޮތަށް ހުކުމް މި ތަންފީޒުކުރީ އިސްލާމީ ޝަރީއާ އޭގެ އެންމެ ވަރުގަދައަށް ތަންފީޒުކުރުމަށް އެންގިތާ ހަފްތާތަކެއް ފަހުންނެވެ.
އެހެން ނަމަވެސް މިފަހަރު މަރުގެ އަދަބު ތަންފީޒުކުރެވުނު މީހާގެ އަސްލު ކުށަކީ ކޮބައިކަމެއް ޠާލިބާނުން ހާމަކޮށްފައެއް ނުވެއެވެ.