ޖަރުމަނުވިލާތުގައިި ސަރުކާރު ބަދަލުކުރަން ބަޣާވާތެއްކުރަން ރޭވުމުގެ ތުހުމަތުގައި އެގައުމުގެ އެކި ސަރަހައްދުތަކުން 25 މީހުން ހައްޔަރުކޮށްފިއެވެ.
ޖަރުމަނު ސަރުކާރުން ބުނާގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ކަނާތުފިޔައިގެ ހައްދުފަހަނަ އަޅާފައިވާ ބަޔަކާއި ކުރިން އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ ސިފައިންތަކެކެވެ. އެމީހުން ރާވާފައިވަނީ ޕާލަމެންޓް ބިލްޑިންގ އަށް ހަމަލާދީ ވެރިކަން ފޭރިގަތުމަށެވެ.