އަންގާރަ, އޮކްޓޯބަރ 7, 2025

ޔުކްރެއިން ހަނގުރާމަ: ނިއުކްލިއަރ ހަމަލާ ދިނުމަށް ތައްޔާރުކޮށްފައިވާ މިސައިލު ރަޝިޔާއިން ބޭނުންކުރަނީ

ނިއުކްލިއަރ ވޯހެޑާއި އެކު ބޭނުންކުރުމަށް އުފައްދާފައިވާ މިސައިލް ރަޝިޔާއިން ޔުކްރެއިން އާއި ދެކޮޅަށް ބޭނުންކުރަން ފަށައިފިއެވެ. ޔުކްރެއިންގެ އަސްކަރިއްޔާއިން ބުނާގޮތުން މި ބާވަތުގެ މިސައިލް ބޭނުންކުރަންފެށީ އޭގައި ހަރުކޮށްފައިވާ ގޮވާތަކެތީގެ ވޯރހެޑް ނެގުމަށްފައުވެ. އެއީ ގޮވާތަކެތި ނޫނީ ނިއުކްލިއަރ ވޯރހެޑާއި ނުލައި ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލުމަށްޓަކައެވެ. އޭގެ މައިގަނޑު މަގުސަދެއްކަމުގައި ބެލެވެނީ ޔުކްރެއިންގެ ވައިގެ ދިފާއީ ނިޒާމުން ބޭނުންކުރަމުންދާ މިސައިލްތައް މިބާވަތުގެ ”ބޭކާރު“ މިސައިލްތަކާއި ދެކޮޅަށް ބޭނުންކޮށް ހުސްކޮށްލުމެވެ. އަދި އެއަށްފަހު އަސްލު ގޮވާތަކެތި ހިމެނޭ މިސައިލްތަކާއި ޖެޓްތައް ޔުކްރެއިންގެ ވައިގެ ސަރަހައްދުގައި ރައްކާތެރިކަމާއި އުދުހި ބޮން އަޅައި ހަމަލާދިނުމެވެ.

ޔުކްރެއިންގެ އަސްކަރިޔާއިން ވަނީ އެގައުމާއި ދެކޮޅަށް ރަޝިޔާއިން ބޭނުންކޮށްފައިވާ X-55 މަރުކާގެ ނިއުކްލިއަރ ހަމަލާތައް ދިނުމަށް ފަރުމާކޮށްފައިވާ މިސައިލްތަކެއްގެ ބައިތަކެއް ދައްކާލާފައެވެ. މިއީ ސޯވިއެޓް ޒަމާނުގައި (1990 ގެ އަހަރުތަކުގެ ކުރިން) އުފައްދާފައިވާ މިސައިލްތަކެކެވެ.

ޔުކްރެއިންގެ އަސްކަރިއްޔާގެ އޮފިޝަލަކު ބުނިގޮތުގައި މި ފެނުނު މިސައިލްގެ ބައިތަކުގައި ”ރޭޑިއޯއެކްޓިވިޓީ“  ނުރައްކާތެރި މިންވަރަކަށް އެކުލެވިފައެއް ނުވެއެވެ. އެހެންކަމުން ބެލެވެނީ ޔުކްރެއިންގެ ވައިގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ މިސައިލްތައް ހުސްކޮށްލުމަށްޓަކައި ބޭނުންކޮށްފައިވާ ”ހުސް“ މިސައިލް ތަކެއް ކަމަށެވެ.

ޔުކްރެއިންގެ އަސްކަރީ ތަޖުރިބާކާރުން ބުނާގޮތުން ރަޝިޔާގައި ހުރި މިސައިލްތަކުގެ ބޮޑުބައެއް މިހާރުވަނީ ޔުކްރެއިން އާއި ދެކޮޅަށް ބޭނުންކުރުމުގެ ސަބަބުން ވަރަށްބޮޑަށް މަދުވެފައެވެ. ދާދިފަހުން ވަނީ ޔުކްރެއިންގެ މުހިއްމު އުމްރާނީ ވަސީލަތްތަކާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއްދީ ކަރަންޓާއިން ފެނުގެ ނިޒާމަށް ވަރަށް ބޮޑެތި ގެއްލުންދީފައެވެ.

ރަޝިޔާއިން މި ރިޕޯޓްތަކާއި ގުޅިގެން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ރަޝިޔާއިން ޔުކްރެއިންގެ ބައެއް ހިފާ ހަނގުރާމަފެށީ 24 ފެބްރުއަރީ 2022 ގައެވެ.

ބުރާސްފަތި ދުވަހު ޔުކްރެއިންގެ ވެރިކަންކުރާ ރަށް ކީވްގައި އޮތް ނުސްވެރިންގެ ބައްދަލުވުމުގައި ރަޝިއިޔާއިން ބޭނުންކޮށްފައިވާ ކަމަށް ބުނާ ނިއުކްލިއަރ ވޯރހެޑް ބޭނުންކުރުމަށްޓަކައި ފަރުމާކޮށްފައިވާ މިސައިލްތަކެއްގެ ބައިތަކެއް ދައްކާލާފައިވެއެވެ.

އިނގިރޭސި ވިލާތުން ބުނާގޮތުގައި މި މިސައިލްތައް ފަރުމާކޮށްފައި ހުރީ ނިއުކްލިއަރ ހަމަލާ ދިނުމަށް ހާއްސަކޮށެވެ.

ބުރާސްފަތި ދުވަހު ވަނީ މުޅި ޔުކްރެއިންގައި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފާނެކަމަށް ބެލެވިގެން އެލާރޓް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

މަގުބޫލް