އަންގާރަ, އޮކްޓޯބަރ 7, 2025

ރަޝިޔާ-ޔުކްރެއިން ހަނގުރާމަ: އެމެރިކާ އާއި ޖަރުމަނުން ޔުކްރެއިން އަށް ޓޭންކް ފޮނުވަން އެއްބަސްވެއްޖެ

އެމެރިކާ އާއި ޖަރުމަނުން ޔުކްރެއިން އަށް އެގައުމުތަކުގެ އެންމެ ފަހުގެ ޓޭންކްތައް ފޮނުވަން ނިންމައިފިއެވެ. ޔުކްރެއިން އިން ބުނާގޮތުގައި މިއީ ވަރަށް ތާރީޚީ ދުވަހެކެވެ.

މި ނިންމުމާއި ގުޅިގެން އެމެރިކާގެ އޭބްރަމް ޓޭންކާއި ޖަރުމަނުގެ ލެޕާޑް 2 ޓޭންކް ޔުކްރެއިން އަށް ލިބިގެން ދާނެއެވެ. އަދި މީގެ އިތުރުން ލެޕާޑް ޓޭންކް ބޭނުންކުރާ އެހެން ގައުމުތަކަށް މި ބާވަތުގެ ޓޭންކްތައް ޔުކްރެއިން އަށް ފޮނުވުމަށް އޮތް ހުރަސްތައް ނިމުމަކަށް އައީއެވެ.

އެމެރިކާއިން ޔުކްރެއިން އަށް މަދުވެގެން 31 އޭބްރަމް ޓޭންކް ފޮނުވާނެއެވެ. އަދި ޖަރުމަނުން އެގައުމުގެ 14 ލެޕާޑް ޓޭންކް ފޮނުވާނެއެވެ. އަދި މީގެ އިތުރުން ނޯރވޭ، ޕޯލަންޑް، ސްޕެއިން،  ޔެދަރލެންޑް އަދި އިނގިރޭސި ވިލާތުން ޓޭންކް ފޮނުވާނެއެވެ. އަދި މިހާތަނަށް ޔޫރަޕްގެ ގައުމުތަކުން ފޮނުވަން އެއްބަސްވި ޓޭންކް ތަކުގެ އަދަދު ޔުކްރެއިން އިން އެދިފައިވާ އަދަދާއި ގާތްވެސް ނުވެއެވެ. ޔުކްރެއިން އިން ބުނާގޮތުން ރަޝިޔާ ސިފައިން ހިފާފައިވާ ސަރަހައްދުތަކުން ފައްސާލައި 1990 ވަނަ އަހަރުގެ ސަރަހައްދީ ރޮނގާއި ހަމަޔަށް ފަހަތައް ޖެއްސުމަށްޓަކައި ގާތްގަނޑަކަށް ޔޫރަޕްގެ 300 އެއްހާ ޓޭންކް ބޭނުންވެއެވެ.

އެމެރިކާއިން އެގައުމުގެ އޭބްރަމް ޓޭންކްތައް ފޮނުވަން އެއްބަސްވެފައިވީނަމަވެސް އަވަސް މުއްދަތެއްގައި ޔުކްރެިން އަށް މި ޓޭންކްތައް ފޮނުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ޔުކްރެއިން ސިފައިން މި ޓޭންކްތައް ބޭނުންކުރުމަށް ތަމްރީނުދޭން ވަގުތު ނަގާނެއެވެ. އެހެން ނަމަވެސް ޔުކްރެއިންއަށް އޮތް ހިތްހަމަ ޖެހުމަކީ ޖަރުމަނުގެ ލެޕަރޑް ޓޭންކްތައް ޔުކްރެއިން އާއި ހަމައަށް ފޯރުމަށް މާގިނަ ދުވަހެއް ނުނެގުމެވެ. މިޓޭންކްތަށް މިހާރުވެސް ޔުކްރެއިންގެ ކައިރީގައިވާ ގައުމުތަކުން ހަދިޔާކުރުމަށްވަނީ އެއްބަސްވެފައެވެ. އަދި އެމެރިކާގެ މި ނިންމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަށް ފަސްޖެހެމުން އައި އައުންވެސް ނިމުމަކަށް އައީއެވެ.

ގުޅުންހުރި ލިޔުންތައް

މަގުބޫލް