ރަޝިޔާގެ ސިފައިން ފަހަތައް ޖައްސައި ހިފާފައިވާ ބިންތަށް އަނބުރާ ހޯދުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުމަށް ހަނގުރާމަ މަތީ ޓޭންކް ފޯރުކޮށްދިނުމަށް ޖަރުމަނު ވިލާތައް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ. އަދި މި ވަގުތު ދަނީ ހުޅަނގުގެ ބާރުތަކުން ޔުކްރެއިން އަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށްޓަކައި އަންނަ ހުކުރު ދުވަހު ޖަރުމަނު ވިލާތުގައި ވާ އެމެރިކާގެ އަސްކަރީ ބޭހެއްގައި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ލެޕަރޑް 2 ޓޭންކަކީ ޖަރުމަނުގެ އުފެއްދުމެކެވެ. މި މަރުކާގެ ޓޭންކުތައް ވިލާތުގެ ގައުމުތަކުގައި ބޭނުންކުރެއެވެ. ސީދާ ޖަރުމަނު ވިލާތުން މި މަރުކާގެ ޓޭންކު ޔުކްރެއިން އަށް ނުފޮނުވި ކަމުގައިވިޔަސް މި މަރުކާގެ ޓޭންކު އުފައްދާ ގައުމުގެ ހުއްދައާ ނުލައި މި މަރުކާގެ ޓޭންކުތައް ޔުކްރެއިން އަށް އެހީވުމަށް ފޮނުވުމަކީ މަނާ ކަމެކެވެ. މި ވަގުތު ޖަރުމަނު ވިލާތަށް ދުނިޔޭގެ ކަޅި ހުއްޓިފައި ވަނީ މިހެންވެގެންނެވެ.
ޔުކްރެއިންގެ ސަރުކާރުން ހާމަކުރާ ގޮތުގައި މި ހަނގުރާމާގައި މިހާތަނަށް 9000 އަށް ވުރެން ގިނަ އާންމުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 453 ކުޑަކުދިން ހިމެނެއެވެ.
އިނގިރޭސި ވިލާތުން ވަނީ 14 ޗެލެންޖަރ 2 މަރުކާގެ އެންމެ ފަހުގެ ޓޭންކު ޔުކްރެއިން އަށް ފޯރުކޮށްދިނުމަށް ވައުދުވެފައެވެ.
އަދި ނެދަލޭންޑުން ވަނީ ޕެޓްރިއޮޓް މިސައިލް ޑިފެންސް ސިސްޓަމް ޔުކުރެއިން އަށް ފޮނުވާނެކަމަށް ބުނެފައެވެ.