މި ފެންނަނީ ނާސާއިން މިދިޔަ ޖެނުއަރީ މަހު ޖައްވަށް ފޮނުވާލި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯ އެވެ. ނާސާ އިން ބުނި ގޮތުގައި މިއީ އިންސާނެއްގެ އަތުކޮޅަށް ވެލިފުކެއް ނަގައި އެޔަށް ބަލައިލުމުން ޖައްވު ތެރެއިން ފޮރުވޭހާ ކުޑަކުޑަ ޖާގަޔަކުން ފެންނަ މަންޒަރެވެ.
މިއީ ގެލެކްސީތަކުގެ ތެރެއިން SMACS 0723 ގެ ނަން ދީފައިވާ ގެލެކްސީން ތަންކޮޅެކެވެ. ކާއިނާތުން މިހާތަނަށް ފެނިފައިނުވާ މި މަންޒަރު ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާލީ އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ހާއްސަ އިވެންޓެއްގައި ރައީސް ޖޯ ބައިޑެން އެވެ.
”މިއީ މިހާތަނަށް ކާއިނާތުގެ އެންމެ ފުނުން ނެގި ފޮޓޯ،“ ނާސާގެ އެޑްމިނިސްޓްރޭޓަ ބިލް ނެލްސަން ވިދާޅުވި އެވެ.
ގާތްގަނޑަކަށް 4.6 ބިލިއަން އަހަރު ކުރިން އުފެދުނު ކަމަށް ބެލެވޭ މި ގެލެކްސީތަކާއި ތަރިތަކުގެ ތެރޭ މީގެ ކުރިން ދުވަހަކު ވެސް އެއްވެސް ގޮތަކަށް ފެނިފައިނުވާ އެއްޗެހި ވެސް ހިމެނެ އެވެ. މިއީ 7،600 ލައިޓް އިޔާ ނުވަތަ 7،600 އަހަރުން އަލި ދަތުރުކުރާ ދުރުމުގައި އޮތް ހިސާބެކެވެ.